ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް ކައުންސެލްގެ މަގާމުގައި ހުންނެވި އަހްމަދު އަބްދުﷲ އަފީފް އެ މަގާމުން ވަކިކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު އެ މަގާމުން ވަކިކޮށް، އެކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްފައިވަނީ މިއަދު އެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފުވެފައެއް ނުވެ އެވެ.
ރައީސްގެ ލީގަލް ކައުންސިލް އަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. އެ މަގާމަށް މީހުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އަހުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ވެސް ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ރައީސްގެ ލީގަލް ކައުންސެލް މަގާމުން އަހުމަދު ވަކިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ