އޮބްޒާވަރުން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރާނެ: ޖަމްއިއްޔަތުއްސަލަފް

ޖަމްއިއްޔަތުއްސަލަފްގެ އޮބްޒާވަރުން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރާނެކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.ޖަމްއިއްޔަތުއްސަލަފް މިއަދު ހާމަކުރި ގޮތުގައި “7 ސެޕްޓެމްބަރ 2013 ގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖަމްޢިއްޔަތުއްސަލަފް ގެ 5 އޮބްޒާވަރަކު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ގޮތައްވަނީ ހަމަޖެހިފައި”ކަމަށާއި “ސަލަފްގެ އޮބްޒާވަރުންގެ ނަންތައް އިލެކްޝަންސް ކޮމިޝަންއަށް ފޮނުވައި އެފަރާތުން ބެއްލެވުމަށްފަހު އޮބްޒާވް ކުރުމުގެ ހުއްދަވަނީ އެފަރާތްތަކަށް ލިބިފައި”ކަމަށެވެ.“ސަލަފުގެ ފަރާތުންވެސް އިތުރު ޓްރޭނިން ދިނުމަށްވަނީ ހަމަޖެހިފައި. މިޓްރޭނިންތަކަކީ ފިކުރީގޮތުންނާއި އަދި ޢަމަލީ ގޮތުން އޮބްޒާވަރުންނަށް އަމާނާތްތެރިވުމާއި، ޢަދުލުވެރިވުމާ އަދި ހަމަނުޖެހުން އުފެދޭ ޙާލަތްތަކުގައި ޢަމަލު ކުރުމުގެ ހަމަތަކާ ބެހޭގޮތުން މައުލޫމާތު ދެވޭނޭ އިރުޝާދީ ތައްޔާރީތަކެއް”ކަމަށް ޖަމްއިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.ޖަމްއިއްޔަތުއްސަލަފް އިތުރަށް ހާމަކުރި ގޮތުގައި ޝަކުވާތައް އަޅުގަނޑުމެންނާވެސް ޙިއްޞާކޮށް، އެކަންކަން ޙައްލުކުރުމަށް ފިޔަވަޅުއެޅުއްވުމުގައި އަޅުގަނޑުމެންނަށް ވެވެންއޮތް އެއްބާރުލުމެއް ދޭން ތިބިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ