ޚަމަދު ސްކޫލް ގޯތިތެރެ ހިޔާކުރުމުގެ މަސައްކަތަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ލ.ގަމު، ޚަމަދު ބިން ޚަލީފާ އަލްސާނީ ސްކޫލުގެ ގޯތިތެރެ ހިޔާ ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިމަހު 22 ވަނަ ދުވަހުން ފެށިގެން ތިންދުވަހަށް ބަހާލައިގެން އެ ސްކޫލުގެ ގޯތިތެރެ ހިޔާ ކުރުމަށް ކުރި މަސައްކަތުގައި އެސްކޫލުގެ ގޯތިތެރޭގެ ވަށައިގެންވާ ސަރަޙައްދުގައި ދާ ހަރުކުރުމަށް ބޭނުންވާ ފްރޭމް ހެދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންވަނީ ކޮށްފައެވެ.
މިމަސައްކަތަކީ ޚަމަދު ބިން ޚަލީފާ އަލްސާނީ ސްކޫލުގެ އެދުމުގެ މަތިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ކޮށްފައިވާ މަސައްކަތެއް ކަމަށާއި މިމަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ