ރައީސް އަބްދުﷲ ޔާމީންއަށް ތާއިދުކުރައްވާ ފަރާތްތަކުން މިއަދު ހަވީރު މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބޮޑު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.
ޕީޕީއެމް އިން ބުނީ، މިއަދު ހަވީރު 4:00 ގައި މާލެ ސަރަހައްދުގައި އުޅޭ ޕީޕީއެމްއަށާއި، ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ ހުރިހާ ފަރާތްތަކުން ރައީސް ޔާމީންގެ ކެމްޕޭން ޖަގަހަ (ވެސްޓް ޕާކް) ސަރަހައްދަށް އައުމަށް އެދޭ ކަމަށެވެ.
ރޭގެ ވަގުތެއްގައި ޕީޕީއެމް އިން ވަނީ މުޅި ރާއްޖޭގައި އެ ޕާޓީގެ ހަރާކްތަތައް ކުރިއަށް ގެންދާނެކަން އިއުލާންކޮށްފައެވެ.
އަތޮޅު ތެރެއަށް ބަލާއިރު، ފުވައްމުލަކުގައި ތިބި ޕީޕީއެމްއަށް ތާއިދު ކުރައްވާ ފަރާތްތަކުން ހާއްސަ އެއްވުމެއް އެ ސިޓީގެ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގއ ވިލިގިނލީގައިވެސް ޕީޕިއެމް ހާއްސަ ވެހިކަލް ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ނޫނަސް އެކި ރަށް ރަށުގައި މިއަދު ހަވީރު ޕީޕީއެމްގެ ބޮޑު ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އެ ޕާޓީ އިން މައުލޫމާތު ދެއެވެ.
ޕީޕީއެމްގެ ބޮޑު ހަރަކާތްތަކެއް މިއަދު ހަވީރު މާލެ އާއި އަތޮޅު ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ