ހުން އަތުވެއްޖެ ނަމަ ބަދިގެ އިން ފިޔާކޮޅެއްގެ އެއީ ހޯދާ

ފިޔާ އަކީ އަހަރެމެން ދިވެހިންގެ ކޮންމެ ކެއުމެއްގައިވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ. ބައެއް މީހުންނަށް ފިޔާ ކަމުނުދިޔަ ނަމަވެސް އަނެއްބައި މީހުންނަށް ފިޔާއާނުލައި އެއްވެސް ކެއުމެއް ތައްޔާރުކޮށްލެވޭ ކަމަކަށް ނުވެއެވެ. ފިޔާ ކޮށާއިރު ލޮލުން ފެން އަޔަސް ފިޔާއިން އެތައް ފައިދާ އެއް އިންސާނާގެ ހަށިގަނޑަށް ލިބިދެއެވެ. މި ފައިދާތައް ކިޔާލުމަށްފަހު ލޮލުން ފެން އަޔަސް އެއްވެސް މީހަކު ފިޔާ ކޮށަން ފަސްޖެހޭނެ ހެންނެއް ހީޔެއް ނުވެއެވެ.
ފިޔާ އަކީ އިންސާނާގެ ހަށިގަނޑުގެތެރޭ ހުންނަ ވިހަ މާއްދާތައް ބޭރު ކޮށްލަދޭ ތަރުކާރީއެކެވެ. ރޯ ފިޔާ ކެއުމުން ވަރަށް އަވަހަށް ގައިން މި މާއްދާތައް ބޭރުކޮށްލަދެއެވެ.
ފިޔާގައި ހުންނަ ސަލްފަރ ގެ ބާވަތްތަކަކީ ލޭ ގަނޑުވުން ހުއްޓުވައިދޭ މާއްދާ އެކެވެ. އެހެން ކަމުން ގިނައިން ފިޔާ ބޭނުން ކުރުމުން ކޮލެސްޓްރޯލް ދަށް ކޮށްދީ ހިތް ދުޅަހެޔޮ ކަންމަތީ ބަހައްޓައިދެއެވެ.
ފިޔަ އިން ފާހަނގަކޮށްލެވޭ އެންމެ އާދަޔާހިލާފު ކަމަކީ ހުންއައުމުންނާއި ރޯގާޖެހުމުން ފަރުވާ އަކަށް ފިޔާ ވެގެން ދާކަމެވެ. ގިނައިން ހުން އައިސް ރޯގާ ޖެހޭމީހުންނަށްވެސް ފިޔާ ވަރަށް މުހިއްމެވެ. އެހެންނަމަވެސް ތަފާތު ގޮތަކަށެވެ. މިފަދަ މީހުން ރޭގަނޑު ނިދަން އޮށޯންނަ އިރު އިސްޓާކީނަކަށް އެރުމަށް ފަހު އޭގެތެރެއަށް ފިޔާކޮޅެއް ލާށެވެ. އެއަށް ފަހު އެ އިސްތާކީނާއެކު ނިދާށެވެ. ހެނދުނު ހޭލާއިރު ﷲ ގެ ވާގިފުޅާއެކު ހުންއަުމުންނާއި ރޯގާއިން ސަލާމަށް ވެދެއެވެ.
ހުން އައުމުން ސްޓާކީން ތެރެއަށް ފިޔާލުމުގެ އިތުރުން ފިތާކުދިކޮށް ކޮށުމަށްފަހު ތުނި ފޮތިކޮޅެއްގެ ތެރެއަށް ފިޔާކޮޅުލުމަށް ފަހު ބޮނޑިތާނެއްހެން ބަންދުކުރުމަށް ފަހު ގައި ބޮނޑިތާންކުރާށެވެ. ކަންފަތުގެ ތެރޭގައި އިންފެކްޝަނެއް އުފެދިއްޖެ ނަމަ, ކަންފަުގެ ތެރެއަށް ކަންފަތުގެ އެތެރެއަށް ނުދާނޭ ވަރުގެ ފިޔާކޮޅެއް ކެނޑުމަށް ފަހު އެ އެތިކޮޅު ކަފަތުގައި ޖަހާށެޥެ. މިގޮތަށް އޮވެ ނިދުމުންވެސް އިސާހިތަކު އެކަމެއް ރަގަނޅު ވެދާނެ އެވެ.
ފިޔާ އިން އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ތިރިކޮށް ދެއެވެ. އެހެންކަމުން ހުންއަތުވެއްޖެ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ބަދިގެއިން ފިޔާއެއް ހޯދާށެވެ. އިތުރު ބޭހެއް ބޭނުން ކުރަންވީ އެކަން އަޖުމަ ބެލުމަށް ފަހުގައެވެ. ސަބަބަކީ މިއީ ގޭހައި ހުރެގެން ފަސޭހަކަމާއެކު ލިބިދެވޭނެ ފަރުވާކަށް ވުމެވެ.
އަދިވެސް ފިޔައިން ލިބޭ އެހެން ފަރުވާއެކެވެ. އެއީ ގައިގެ ތަނެއް ވިހަވެއްޖެ ނަމަ ނޫނީ ބަދިގޭގައި އަވަދިނެތި އުޅެނިކޮށް އަތް ފިހިއްޖެ ނަމަ ފިޔާ އިން ކުރެވިދާނެ ފަރުވާއެކެވެ. އެހެންކަމުން އަތްފިހުނަކަސް އަދި ގައިގެ ތަނެއް ފާރުވެ ވިހަވިޔަސް ހާސް ވާކަށް ނުޖެހެއެވެ. ކައިރި ކަބަޑުގައި ހުރި ފިޔާ ތަކު ތެރެއިން ފިޔަލެއް ފަޅާލާފައި ފިހުނުތަނުގައި ޖައްސާލާށެވެ. އިރުކޮޅެއް ވަންދެން ބައިންދުމުން ވަރަށް ފަސޭހައިން ތަދު ކެނޑިދާނެއެވެ.
މަސްދަރު: ސްޓެތްނިއުސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ