އިދިކޮޅު ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ބާއްވަން ގާސިމް ތާއީދު ކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އިންސާފުވެރި ޕްރައިމަރީއެއް ބާއްވަން ގާސިމް އިބްރާހީމް ތާއީދު ކުރައްވާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު އެހެން ވިދާޅުވެފައިވަނީ ޖަރުމަނަށް ވަޑައިގެން ގާސިމާ އެކު ކުރެއްވި މަޝްވަރާތަކަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އަލީ ވަހީދު ވިދާޅުވީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ތާއީދު ކުރެއްވީތީ އުފާ ކުރައްވާ ކަމަށެވެ.
އަލީ ވަހީދު ވަނީ ތަފާތު ޕާޓީތައް ގޮވައިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ޖެނުއަރީގައި އެމަސައްކަތް ފެށޭނެ ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. 4 Party ah insaafveri, hama hama, democratic primary akun qaumee candidateh inthihaab kuran @qasimibrahim thaaeedhu kurevveethee ufaakuran. Mashvaraain gotheh nunimijje nama, “Dhuru nuveveyvarah kairi nuve, Kairi nuvevey varah dhuru nuve” qaumaa rayyithunge maslahath iskuranjehe! pic.twitter.com/ioJDrALp7t— Ali Waheed (@ali20waheed) December 20, 2017Dhulaa, hithahvure sikundi iskohgen menuvee mihaalathun raajje araigannan dhathivaane! @Jumhooree_MV ge Leader Hon. @qasimibrahim raajjeyge hurihaa rayyithunnaa, thafaathu fikuruge party thah himeney qaumee ebbaivanthakamuge sarukaareh ekulavaalumah thayyaar! Januaryga fesheyne! pic.twitter.com/IPuJGlNGPs— Ali Waheed (@ali20waheed) December 20, 2017
ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެން ހުންނެވި ގާސިމާ ބައްދަލު ކުރުމަށް އަލީ ވަހީދުގެ އިތުރުން ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ވަޑައިގެންފައެވެ.
އެއް ކެންޑިޑޭޓަކު ނެރެން ޕްރައިމަރީއެއް ބާއްވަން ގާސިމް ތާއީދު ކުރައްވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އިރު އިދިކޮޅުން ނެރޭ ކެންޑިޑޭޓަކީ ގާސިމަށް ހެދުމަށް ޖޭޕީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ