މައްސަލަ ހައްލުކޮށް މަންދޫއަށް ކަރަންޓް ދީފި

މިއަދު ކުރި ވިއްސާރާގައި އދ މަންދޫއަށް ހޮނުއެޅުމުގެ ސަބަބުން އިންޖީނު ގެއަށް ގެއްލުންވެ ރަށުން ކަރަންޓް ކުރުމަށްފަހު، މައްސަލަ ހައްލުކޮށް މިރޭ ރަށަށް އަލުން ކަރަންޑް ދީފިއެވެ.
މައްސަލަ ހައްލުކުރުމަށް ސްޓެލްކީގެ ޓީމެއްވަނީ އެރަށުގައި ހަރަކާތްތެރިވެފައެވެ.
ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ދެމުން ގެންދާ މަންދޫއަށް ހޮނުއެޅުމުގެ ސަބަބުން ޕެނަލް ބޯޑާއި އިންޖީނުގެއަށް ގެއްލުން ވެފައިވާކަމަށް ސްޓެލްކޯއިންވަނީ ބުނެފައެވެ.There has been a power outage in A.Dh.Mandhoo due to a lightning strike on the powerhouse. Significant damage was done to the panel in the powerhouse. STELCO has mobilized a team of technicians to the island to restore power.— STELCO (@STELCOMALDIVES) March 11, 2018ހޮނު އެޅުމުގެ ސަބަބުން މަންދޫން ކަރަންޓް ކެނޑިފައިވަނީ މިއަދު ހަވީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ