މާރިޗް މަހުންފެށިގެން ކަރަންޓް ބިލާމެދު ކަންބޮޑުވާާކަށް ނުޖެހޭނެ

އަތޮޅުތެރޭގައި ފެނާއި ކަރަންޓުގެ ޚިދުމަތަށް ނަގާ އަގު އެއްހަމަކޮށްފައިވާ ކަމަށާއި މާރިޗް މަހުން ފެށިގެން އަގުހެޔޮ ކުރި ކަރަންޓާއި ފެނުގެ ބިލް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިގެ މާލޭ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ، މިމަހު ހޫނު ކިތަންމެ ބޮޑު ވިޔަސް މާރިޗް މަހުގެ ކަރަންޓް ބިލް ކުޑަވާނެ ކަމަށެވެ.
" ކޮންމެ އަހަރަކުވެސް މާޗް އެޕްރީލް މޭމަހުގައި ބިލް ބޮޑުވެގެން ކަސްޓަމަރުން އެވާހަކަ ދައްކަވާ. ބިލް ބޮޑުވަނީ އާންމުކޮށްވެސް ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވާތީ. އެކަމަކު މިފަހަރު އަޅުގަނޑު ޔަގީންކަން އަރުވަނީ ހޫނު ކިތަންމެ މަތިވެގެން ދިޔަ ނަމަވެސް ކަސްޓަމަރުންގެ ބިލުން ކުޑަވުން ފެންނާނެޔޭ،" ނަޖާހު ވިދާޅުވިއެވެ.
ފެނެކައިން ކަަރަންޓު ބިލަށް ނަގާ އަދަު ވަރަށް ބޮޑުތަން ދަށްކޮށްފައިވާއިރު، ތިރީގައި މިވަނީ ކުރީގައި ޔުނިޓަކުން ނެގި ލާރިޔާ މާރިޗް މަހުން ފެށީގެން ނަގާނެ ލާރިއެވެ.
ފެނަކައިން ވަނީ މިއަހަރުގެެ ޖެނުއަރީމަހުން ފެށިގެން އަތޮޅުތަކުގައި ފެނުގެ ހިދުމަތްދޭ އަގުތައްވެސް މާލެއާ އެއްވަރަށް ކުޑަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ