ކަރަންޓް ދިއުމުގެ ސަބަބުން ގާކޮށި ފްލެޓްގެ ލިފްޓްގައި އަންހެނަކު ތާށިވެއްޖެއެވެ.
ހޮނިހިރު ދުވަހު ހަވީރު މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ދިޔަ ވަގުތު ގާކޮށި އޭ ބްލޮކް އަދި ބީ ބްލޮކްގެ ލިފްޓް ތެރޭގައި ތިން މީހަކު ވަނީ ތާށިވެފައެވެ. ބީ ބްލޮކްގެ ފްލެޓްގައި ތާށިވި އަންހެންމީހާ އަށް އެމްބިއުލަންސްގައި އޭޑީކޭ އަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފްލެޓްގައި ދިރިއުޅޭ ބައެއް މީހުން ބުނީ ކަރަންޓް ދިޔަ އިރު އޭ ބޮލޮކް ލިފްޓްގައި އުމުރުން ދުވަސްވީ އަންހެނަކާއި ކުޑަ ކުއްޖަކު ތިބި ކަމަށެވެ. އަދި ބީ ބްލޮކްގެ ލިފްޓްގައި އަންހެނަކު ތާށިވި ކަމަށް އެމީހާ ބުންޏެވެ. އެވަގުތު އެތަނުގައި ތިބި މީހުން އޭ ބޮލޮކްގެ ލިފްޓްގެ ދޮރު ހުޅުވައި އަންހެންމީހާ އާއި ކުޑަ ކުއްޖާ ސަލާމަތްކޮށްފައިވެއެވެ. އެހެންނަމަވެސް އޭ ބްލޮކްގެ ލިފްޓް ހުޅުވާފައި ވަނީ ފަޔަރ އެންޑް ރެސްކިއުގެ ޓީމާއި، ފުލުހުންގެ އެހީތެރިކަމާ އެކުގައެވެ.
ގާކޮށި ފްލެޓްތަކުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި މީގެ ކުރިން ކަރަންޓް ކެނޑޭ ވަގުތު ބެކަޕް ޖަނަރޭތައް ބޭނުން ކުރެވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޖަނަރޭޓަރުތައް ބޭނުން ނުކުރެވޭތީ، ކަރަންޓް ކެނޑޭ ވަގުތު ލިފްޓް ވެސް ބޭނުން ނުކުރެވޭ ކަމަށް އެ މީހުން ބުންޏެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. ސްޓެލްކޯ އިން ބުނީ ބޮޑުތަކުރުފާނު މަގު މައްޗަންގޮޅި އާއި މާފަންނު ހިމެނޭ ސަރަހައްދު ކޮނުމުގެ ތެރޭގައި މިކުންފުނީގެ 11 ހާސް ވޯލްޓްގެ މައި ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހަވީރުން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މިރޭގެ ބައެއް ގަޑިތަކުގައި ވެސް ލޯޑް ޝެޑް ކުރަންޖެހިދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ގާކޮށިން ކަރަންޓް ގޮސް ލިފްޓްގައި ބަޔަކު ތާށިވެ މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ