ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއެކު ފަލަސްތީނުގައި ގުދުސްގެ ދިފާއުގައި މުސްލިމުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދެ މީހަކު ޝަހީދު ވެއްޖެ އެވެ.
ދުވަސް އިން މި ކަމުގެ އެންމެ ފަހުގެ މައުލޫމާތު ތައް ހާމަކުރަމުން އަންނައިރު ދެމީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވާކަން ތަފާތު ތިން މަސްދަރަކުން ރިޕޯޓް ކޮށްފަ އެވެ.
އެގޮތުން ފުރަތަމަ ޝަހީދުވެފައިވަނީ އުމުރުން 30 އަހަރުގެ މުހައްމަދު މަސްރީ ކިޔާ މީހެކެވެ. ދެވަނައަށް ޝަހީދުވި މީހާގެ ނަން ކަށަވަރު ވެފައެއް ނުވެ އެވެ. ނަމަވެސް ވީޑިއޯއަކުން ފެންނަގޮތުގައި އެއީ ޒުވާނެކެވެ. އެ ޒުވާނާވެސް ޝަހީދުވެފައިވަނީ ގަޔަށް ބަޑި ޖެހުމުންނެވެ.
ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ފެށި ހަރަކާތްތައް މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ވަރުގަދަ ކޮށްފަ އެވެ.
ޔަހޫދީންގެ ދެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ މުސްލިމަކު ޝަހީދު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ