އައުޓްސްޓޭންޑިންގ އެކެޑެމިކް އެޗީވްމެންޓް އެވޯޑް 2018 ދިވެއްސަކަށް!

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ދަރިވަރުންނަށް ދެވޭ އައުޓްސްޓޭންޑިންގ އެކެޑެމިކް އެޗީވްމެންޓް އެވޯޑް، ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.
މި އެވޯޑް ހާސިލްކުރި ދިވެހި ދަރިވަރަކީ ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުންގެންދާ މަރިޔަމް ނައުފާއެވެ. ނައުފާއަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖެކެވެ.
ނައުފާ ވަނީ އޭނާ ކިޔަވާ ކޯހުގެ ފުރަތަމަ އަހަރު، މުޅި ޔުނިވާސިޓީ އިން އެންމެ މަތިން މާކްސް ހޯދާފައެވެ. އެކަން ފާހަގަކޮށް އެ ޔުނިވާސިޓީ އިން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނައުފާ އަށް އެކްސެލެންސް އެވޯޑް ވެސް ދީފައެވެ.
ނައުފާ އޭނާގެ ކޯހުގެ ދެވަނަ އަހަރު ވެސް ނިންމާލީ 72% އެވަރެޖު މާކުސް ހޯދައިގެން، ކްލާހުގެ އެއްވަނަ ދަރިވަރުގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.
ނައުފާ ދަނީ ޔޫކޭގެ ގާނޫނީ ކަންތައްތަކުގެ ޖަމްއިއްޔާއެއްގައިވެސް ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ