އިބޫގެ ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށް ހީކުރެވުމަކީ ކުށްހީއެއް: އުމަރު
ރައީސުލްޖުމުހޫރީއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރެއްގައި ކޮރަޕްޓް މީހުންނަށް ޖާގަ ނުދެއްވާނެކަމަށް ހީކުރެވުމަކީ، ކުށްހީއެއް ކަމަށް ކުރިީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު ނަސީރުގެ ފޭސްކުބްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، ރައީސް ޞާލިހުގެ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުން އެއީ ކުށްހީއެއް ކަމަށެވެ. އުމަރު އެހެން ވިދާޅުވެފައިވާއިރު، ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ގުޅިގެން ތަފާތު ވާހަކަތައް ސޯޝަލް މީޑިޔާގައި ވަނީ ފެތުރިފައެވެ.އެގޮތުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަކީ، އެ މަޤާމަށް ކުފޫހަމަވާ ބޭފުޅުން ނޫންކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. އަދި ބައެއް ވަޒީރުންގެ ދަރަނީގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.އެބޭފުޅުންނަށް ވަޒީރުކަން ލިބުނު ގޮތަކާއި މެދު ގިނަ ރައްޔިތުން ސުވާލު އުފައްދަމުން ދާއިރު، އެފަދަ ބޭފުޅުންގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެ އެތައް ކަމެއް، ކުރިއަށް އޮތް ތާނގައި ސަރުކާރުގެ ތެރެއިން ފެނިގެން ހިނގައިދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ