އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ 850 ދަނޑުވެރިއަކު ނަގާފައިވާ ލޯނު ދައްކައިދިނުމަށް ބޮލީވުޑުގެ ލެޖެންޑު އަމީތާބު ބައްޗަން ތައްޔާރުވެއްޖެއެވެ.
އަމީތާބު އޭނާ ބްލޮގުގައި ބުނީ، އަމިއްލައަށް މަރުވުން ފަދަ ކަންކަމުން ދަނޑުވެރިން ސަލާމަތް ކުރުމުގެ ގޮތުން އިންޑިއާގެ މަހަރަޝްތްރާއަށް ނިސްބަތްވާ 350 ދަނޑުވެރިއެއްގެ ލޯނު އޭނާ މީގެ ކުރިން ދައްކައިދީފައިވާކަމަށެވެ. އަދި އޭނާ މިހާރު ތައްޔާރުވަމުންގެންދަނީ އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ 850 ދަނޑުވެރިއެއްގެ ލޯނު ދައްކައިދިނުމަށް ކަމަވެސް އުމުރުން 76 އަހަރުގެ އަމީތާބު ބުނެފައިވެއެވެ.
އަމީތާބު ބޮލޮގުގައި ބުނެފައިވާ ގޮތުގައި އެ 850 ދަނޑުވެރިން ނަގާފައިވާ ލޯނުތަކަށް ޖުމްލަ 5.5 ކްރޯޑު ރުޕީސް އަރައެވެ.
އަމީތާބު އިތުރަށް ބުނީ، އެ ދަނޑުވެރިންގެ ލޯނުތައް ދެއްކައިދެވުމަކީ ހަޔާތުގައި ލިބުނު އެންމެ ހިތްހަމަ ޖެހޭ ތަޖުރިބާކަމަށެވެ. އެގޮތުން ގައުމަށްޓަކައި އެމީހުންވާ ގުރުބާނީ ފުރިހަމައަށް ބަލައިގަންނަން ޖެހޭކަން ފާހަގަކޮށް އަމީތާބު ވަނީ ދަނޑުވެރިންނަކީ "ޝަހީދުން" ފަދަ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެހެންކަމުން އެމީހުންނަށްޓަކައި ގިނަ ކަންތަައްތަކެއް ކޮށްދޭން ޖެހޭކަމަށް އަމީތާބު ބުނެއެވެ.
އެއް ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އިންޑިއާގައި އެތައް ބަޔަކު ދަނޑުވެރިކަން ކުރާއިރު އެމީހުންގެ ދަނޑު ބިންތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެމީހުން އަންނަނީ ލޯނުތައް ނަގަމުންނެވެ. އަދި ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހުމުގެ ނަތީޖާއަކީ ލޯނު ދެއްކުމަށް ބުރަ މަސައްކަތްކުރުމަށް ކުޑަ ކުދިން ނެރުމަށް އެއާއިލާތަކަށް މަޖުބޫރުވުމެވެ. އަދި ލޯނު ނުދެއްކިގެން އަމިއްލައަށް މަރުވާ މީހުން ވެސް މަދެއް ނޫނެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކޮށް ގިނަ ބައެއް ލޯތްބާއި ގަދަރު ލިބިފައިވާ އަމީތާބުގެ މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ޝުކުރު އަދާކުރަމުންނެވެ.
އަމީތާބު 850 އާއިލާއަކަށް ލޯނު ފައިސާ ދައްކައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ