ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެއްދި ފަހުން އެޕާޓީގެ ލީޑަރު ކަން މިހާތަނަށް ވެސް ހަމައެކަނި ކުރެއްވި ގާސިމް އިބްރާހިމް އެއްވެސް ވާދަވެރިކަމެއް ނެތް ފެންނަ ނުފެންނަ ވޯޓެއްގައި މިރޭ އަނެއްކާވެސް ޖޭޕީގެ ލީޑަރަކަށް އިންތިޚާބު ކޮށްފިއެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިބްރާހިމް އިންތިޚާބު ކުރެއްވީ، އެޕާޓީގެ ކައުންސިލުންނެވެ.
ޖޭޕީގެ މައި އޮފީސް ކުނޫޒުގައި ކުރިއަށްގެންދިއަ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަޤާމަށް ކުރިމަތިލެއްވި ޤާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 62 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ. ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 42 މެންބަރުންގެ ވޯޓުއެވެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖޭޕީގެ ގައުމީ ކޮންގްރެސް ގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރި ނަމަވެސް ލީޑަރުގެ މަގާމު އޮތީ ހުސްކޮސެވެ. އެ މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ. ކޮންގްރެސް ގައި ގާސިމް ލީޑަރު ކަމަށް ކުރިމަތި ނުލެއްވީ އޭނާ ޖަލު ޙުކުމެއްގައި ހުންނެވުމުން ޕާޓީގެ ލީޑަރުކަމަށް ކުރިމަތި ލުމުގެ ޝަރުތު ހަމަނުވާތީއެވެ.
ޖޭޕީގެ ލީޑަރަކަށް މިރޭ ގާސިމް އިންތިޚާބު ކުރީ ހައިކޯޓުން އޭނާގެ ޖަލު ޙުކުމް ބާތިލް ކުރުމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް އަނެއްކާވެސް ގާސިމް އިންތިޙާބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ