ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް މައްޗަންގޯޅީ މެދު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
1999 ވަނަ އަހަރު އިސްލާމިކް ސްޓަޑީސްގެ ދާއިރާ އިން ބެޗްލާސް ހާސިލް ކުރައްވާފައިވާ އިބްރާހިމް މުހައްމަދު އަމިއްލަ ވިޔަފާރި ފެއްޓެވީ 2000 ވަނަ އަހަރު އެވެ. އޭނާ ވަނީ ލައިލާ އަލީގެ އާއިލީ ކުންފުނި އެލިއާގެ ބިޒްނެސް ޑިވެލޮޕްމެންޓް މެނޭޖަރެއްގެ ގޮތުގައި އެކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވުމުގައި ހިއްސާވެ ވަޑައިގެންފައެވެ. 2009 ވަނަ އަހަރުން ފެށިގެން އިބްރާހިމް މުހައްމަދު ގެންދެވަނީ ޓީވީ އާއި ރޭޑިއޯގެ ޕްރޮގްރާމްތައް ވެސް ހުށަހަޅައި ދެއްވަމުންނެވެ.
އިބްރާހިމް މުހައްމަދު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިބްރާހިމް މުހައްމަދު ކެމްޕޭން ޕޯސްޓަރުތައް "ވަގުތު" އިން ފެންނާނެއެވެ. އަދި އިބްރާހިމް ކެމްޕޭން ކުރިއަށްދާ ގޮތާއި، އިބްރާހިމް މުހައްމަދުގެ ސިޔާސަތުތައް "ވަގުތު" ގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.
މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. "ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 9974666 ނުވަތަ 9152162 އަށެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
"ވަގުތު" އިން އިސްތިހާރު ކުރާނެ މައްޗަންގޯޅީ މެދު ދާއިރާގެ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ