ކްރިމިނަލް ކޯޓުގެ ގާޒީ ނަޝީދާއި ސަމީރު ފެމިލީކޯޓަށް ބަދަލުކުރަން ނިންމައިފި
ކްރިމިނަލް ކޯޓުގެ ގާޒީންގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީ އަބްދުﷲ ނަޝީދާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ފެމިލީ ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސްކޮމިޝަނުން ނިންމައިފި އެވެ. އެނގިފައިވާ ގޮތުން އެ ދެ ބޭފުޅުން ފެމިލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީ އިން ނިންމާފައި ވަނީ އެ ދެ ބޭފުޅުންގެ އެދުމުގެ މަތިންނެވެ. ނަމަވެސް ބަދަލު ކުރަނީ ކޮންދުވަހަކުން ފެށިގެން ކަމެއް ސާފެއް ނުވެ އެވެ. އެ ދެ ބޭފުޅުން ފެމިލީކޯޓަށް ބަދަލުކުރެއްވުމުން ދެން ކްރިމިނަލް ކޯޓުގައި ތިއްބަވާނީ ފަސް ގާޒީންނެވެ. އެއީ މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހުމަދު ރަޝީދާއި ގާޒީ މުހުތާޒު ފަހުމީ އާއި ގާޒީ ސައީދު އިބްރާހިމްގެ އިތުރުން ގާޒީ އިބްރާހިމް އަލީ އެވެ. ފެމިލީކޯޓަށް ގާޒީ ނަޝީދާއި ސަމީރު ބަދަލު ކުރައްވާފައިވާ އިރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވެސް ވަނީ ފެމިލީކޯޓަށް މިދިޔް މަހު ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ