ފޭސްބުކް އާއި ޓްވިޓާރގެ ރޭހަށް ގޫގަލް ނުކުމެއްޖެ

ފޭސްބުކް އާއި ޓްވިޓާރގެ ވާދަވެރި ރޭހަށް ގޫގަލް ނުކުމެއްޖެއެވެ.ސޯޝިއަލް ނެޓްވޯކް ‘ފަތަހަ’ ކުރުމަށް ގޫގަލްއިން ‘ހަނގުރާމަ’ އިއުލާން ކޮށްފައިވަނީ 9 ފެބްރުއަރީ 2010 ވަނަ ދުވަހުއެވެ. ފޭސްބުކް އާއި އެއްގޮތަށް ‘މެސެޖް ފޮނުވުމާއި ޗެޓްކުރުމާއި ފޮޓޯ އަޕްލޯޑްކުރުމާއި ވީޑިއޯ އަޕްލޯޑްކުރުމުގެ އިތުރުން ލިންކް ސަބްމިޓްކުރުމުގެ ހިދުމަތް’ ހިމެނޭ ގޮތަށް މިހިދުމަތަކީ ‘ބަޒް’ކަމުގައި ގޫގަލްއިން ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ގޫގަލްގެ ބައެއް ހިދުމަތްތައް މިހިދުމަތުގެ ތެރެއިން ލިބޭނެކަމަށްވެސް ބައެއް ޓެކްސައިޓްތަކުން ހާމަކުރެއެވެ.ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ‘ބަޒް’ގެ ހިދުމަތް  ޖީމެއިލްގެ ޔޫޒަރުންނަށް ހުޅުވާލާއިރު މިހިދުމަތް ލިބޭނީ ޖީމެއިލްގެ ތެރެއިންކަމަށްވެއެވެ. ‘ސްޓޭޓަސް’ އަޕްޑޭޓްކުރުމުގެ އިތުރުން އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭނެ އެތައް ކަމެއް ގޫގަލްގެ މިހިދުމަތުން ތައާރަފް ކުރާނެކަމަށްވަނީ ހަބަރު ފެތުރިފައެވެ.ގޫގަލް ބަޒް ސޯޝަލް ނެޓްވޯކްގެ ރޭހަށް ނުކުމެފައިވަނީ ‘ޖީމެއިލް’ގެ 170 މިލިއަން ޔޫޒާސް އާއި އެކުގައެވެ.ދިއިސްލާމް ގޫގަލް ފްރެންޑްސް ކަނެކްޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ