"ކަރަންޓް ކެނޑެނީ އައު ޖަނަރޭޓަރު ޓެސްޓްކުރަމުންދާތީ"

މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވަނީ ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އަލަށް ބެހެއްޓި 8 މެގަވޮޓްގެ ޖަނަރޭޓަރެއް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 
ސްޓެލްކޯއިން ބުނީ ހަފްތާއެއްހާދުވަސް ވަންދެން މާލޭގެ ބައެއް ސަރަޙައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭނެކަމަށާއި، އަލަށް ގެނައި ޖަނަރޭޓަރުގެ ޓެސްޓު މަރުހަލާ ނިމުމުން އެމައްސަލަ ޙައްލުވާނެކަމަށެވެ. ސްޓެލްކޯއިން ގެންދަވަނީ ކަރަންޓް ކެނޑޭނެ ވަގުތުތައްވެސް އާއްމުކޮށް އިއުލާން ކުރަމުންނެވެ. 
މިހާރު ބޭނުންކުރަން ފަށާ 8 މެގަވޮޓް ޖަނަރޭޓަރާއެކު މިހާރު ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ހައްލުވެ މާލޭގެ ކަރަންޓްގެ ޚިދުމަތަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ