ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިންތިޚާބުވެއްޖެ ނަމަ، ސަރުކާރުގެ ގިނަ ކުންފުނިތައް އެއްކޮށްލައި ޕްރައިވަޓައިޒް ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާގެ ވެރިކަމެއްގައި، ސަރުކާރުން ބައިވެރިވާނީ އެކަމެއް ނުކުރުމުގެ ސަބަބުން މުޅި ރައްޔިތުންނަށް އަސަރު ފޯރަފާނެ ކަމަށް ފެންނަ ބާވަތްތަކުގެ ވިޔަފާރީގައި އެކަނި ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ގުޅޭ ސިޔާސަތު އާންމު ކުރައްވަމުން އޭނާ ވިދާޅުވީ، އާއްމު ރައްޔިތުންނަށް މުދާ އަގު ހެޔޮކޮށްދިނުމުގެ ނަމުގައި އެގޮތަށް ކަންތައް ކުރުމުން ވިޔަަފާރިތައް ފިތި، ކުރިއެރުން ހުއްޓި އަދި ވިޔަފާރީގެ ބާޒާރުން އާއްމު ވިޔަފާރިތައް ބާކީ ވެދާނެ ކަމަށެވެ.
"ވިޔަފާރި ކުރާ އާއްމުންގެ އަތުން ޓެކްސް ނަގައިގެން ސަރުކާރާއި މުޅި ދައުލަތް ހިންގާއިރު، އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަދެ، އާއްމުން ވިޔަފާރިތަކާ ވާދަކުރުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން،" އުމަރު ވިދާޅުވިއެވެ.
"ރާއްޖޭގައި މިހާރު ހުރި ގިނަ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އާއްމު ވިޔަފާރިތަކާ ވާދަކުރާ ހުރިހާ ބާވަތުގެ ވިޔަފާރިތަކެއް ރައްޔިތުންގެ އަތްމައްޗަށް ބަދަލުކޮށްލައި، ސަރުކާރު ކުންފުނިތަކުގެ ތެރެއިން 80 ޕަސެންޓް ކުންފުނި އެއްކޮށް ޕްރައިވެޓައިޒް ކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕްރައިވެޓައިޒް ނުކުރާ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިންގާ ވިޔަފާރީގެ ތެރެއިން، އާއްމު ވިޔަފާރިތަކާ ވާދަކުރާ ބާވަތުގެ ހުރިހާ ވިޔަފާރިތަކެއް ހުއްޓާލައި އާއްމު ވިޔަފާރިތަކަށް ފުރުސަތު ދީ ދިވެހިން މުދާވެރި ކޮށްދެވޭނެ ކަމަށެވެ.
މަރު ވިދާޅުވީ ޕްރައިވެޓައިޒް ކުރާ ކުންފުނިތަކުގެ ހިއްސާތައް، އެ ކުންފުންޏެއްގެ މުވައްޒަފުންނަށާއި ދައުލަތަށް ޚިދުމަތް ކުރާ އެހެނިހެން މު
އުމަރު ވިދާޅުވިގޮތުގައި، ކޮންމެ ސަރުކާރަކުން ވެސް، ދައުލަތުގެ ކުންފުނިތައް ބޭނުން ކުރަނީ ނާޖާއިޒު ފައިދާ ހޯދުމަށެވެ. އެކަމަކު، އޭނާގެ ވެރިކަމެއްގައި އެކަން ހުއްޓުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ސަރުކާރުގެ %80 ކުންފުނި އެއްކޮށްލާނަން- އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ