މުސްލިމަކަށް އެހީވާން ބޭނުންނަމަ، ހަނގުރާމައިގައި ޝަހީދުވެފައިވާ މީހެއްގެ ޔަތީމް ކުޑަކުއްޖަކު ގެނެސް، ރަމްޒީކަމެއްގެ ގޮތުގައި ސަރުކާރުން ބެލެހެއްޓުން މާރަގަޅުވާނެކަމަށް މެމްބަރ އަލީ ވަހީދު ވިދާޅުވެއްޖެ
ލިޔުނީ: އަލީ އަހްސަންމުސްލިމަކަށް އެހީވާން ބޭނުންނަމަ، ހަނގުރާމައިގައި ޝަހީދުވެފައިވާ މީހެއްގެ ޔަތީމް ކުޑަކުއްޖަކު ގެނެސް، ރަމްޒީކަމެއްގެ ގޮތުގައި ސަރުކާރުން ބެލެހެއްޓުން މާރަގަޅުވާނެކަމަށް މެމްބަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.ރައްޔިތުން މަޖިލީހުގެ މެމްބަރ އަދި ޑީއާރުޕީގެ ނައިބު ލީޑާރ މިހެން ވިދާޅުވީ ސަރުކާރުން ގުއެންޓަނާމޯބޭ ޖަލުން ގައިދީން ރާއްޖެ ގެނައުމާއި މެދު ސަރުކާރުން ދައްކަވާ ވާހަކަ ތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ސަރުކާރުން ބުނަމުންދަނީ ގުއެންޓަނާމޯބޭ ޖަލުން ގައިދީން ގެންނަނީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމުގެ ގޮތުންނެވެ. މިކަމާއި ވިއްދައިގެން އަލީ ވަހީދު ރާއްޖޭގެ ނޫހަކަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވަނީ، ” ގުއެންޓަނާމޯބޭ ޖަލުން ގައިދީން ގެނައުމަށް ޚާރިޖީ ވަޒީރު ޑރ ޝަހީދު މަސައްކަތް ކުރައްވަނީ ފަލަސްތީންގެ މުސްލިމު އަޚުންނަށް އެހީވުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި، އެފަދަ މުސްލިމަކަށް އެހީވާން ބޭނުންނަމަ، ހަނގުރާމައިގައި ޝަހީދުވެފައިވާ މީހެއްގެ ޔަތީމް ކުޑަކުއްޖަކު ގެނެސް، ރަމްޒީކަމެއްގެ ގޮތުގައި ސަރުކާރުން ބެލެހެއްޓުން މާރަގަޅުވާނެ”ކަމަށެވެ.ގުއެންޓަނާމޯބޭ ޖަލުން ގައިދީން ގެނައުމާއި މެދު މަޖިލީހުން ‘ނޫނެކޭ’ ބުނެފައިވާއިރު ދިވެހި ސަރުކާރުން ދާދިފަހުންވެސް ވަނީ ގުއެންޓަނާމޯބޭ ޖަލުން ގައިދީއަކު ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ