އައިފާ އެވޯޑްސް 2018: އެންމެ މޮޅު ފިލްމަކަށް "ތުމްހާރީ ސުލޫ"

އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެންޑް އެކެޑަމީން ކޮންމެ އަހަރު ދެމުން އަންނަ އައިފާ އެވޯޑްސްގެ މި އަހަރުގެ އެވޯޑު ހަފްލާ ރޭ ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބާއްވާފަ އެވެ. މިއީ މި އެވޯޑު ދެމުން އަންނަ 19 ވަނަ އަހަރެވެ.
މި އަހަރު މި އެވޯޑަށް ނޮމިނޭޓުވި ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވިދްޔާ ބާލަންގެ ފިލްމު "ތުމްހާރީ ސުލޫ" އެވެ. މި ފިލްމާއި އެންމެ ގާތުން ދެން ވާދަކުރީ ރާޖްކުމާރް ރާއޯ ފެނިގެންދިޔަ ފިލްމު "ނިއުޓަން" އެވެ.
ނަމަވެސް ރޭގެ އެވޯޑު ހަފްލާ ނިމިގެންދިޔައިރު އެންމެ ގިނަ އެވޯޑު ގެންދިޔައީ ރަންބީރް ކަޕޫރް ފެނިގެންދިޔަ ފިލްމު "ޖައްގާ ޖާސޫސް" އެވެ. އެކަމަކު މި ފިލްމަށް ގިނަ އެވޯޑުތައް ލިބުނީ ޓެކްނިކަލް ކެޓަގަރީތަކުންނެވެ. މި ފިލްމާއި ޖެހިގެން ދެން އެންމެ ގިނަ އެވޯޑު ގެންދިޔައީ "ޓައިގާ ޒިންދާ ހޭ" އެވެ.
"ތުމްހާރީ ސުލޫ" އަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބިފަ އެވެ. މި ފިލްމު ހަތް ކެޓަގަރީއަކުން ނޮމިނޭޓުވި އެވެ.
އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް
އެންމެ މޮޅު ފިލްމު - ތުމްހާރީ ސުލޫ އެންމެ މޮޅު އެކްޓްރެސް - ސްރީދޭވީ (މޯމް) އެންމެ މޮޅު އެކްޓާ - އިރްފާން ޚާން (ހިންދީ މީޑިއަމް) އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް - މެހެރް ވީޖް (ސީކްރެޓް ސުޕަސްޓާ) އެންމެ މޮޅު އެކްޓާ - ނަވާޒުއްދިގީން ސިއްދީގް (މޯމް) އެންމެ މޮޅު ވާހަކަ - އަމީތް މަސޫކަރް (ނިއުޓަން) އެންމެ މޮޅު ޑައިރެކްޓަރު - ސަކެތު ޗައުދަރީ (ހިންދީ މީޑިއަމް)އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - މޭގަން މިޝްރާ (މޭ ކޯން ހޫ / ސީކްރެޓް ސުޕަސްޓާ) އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ - އަރްޖިތު ސިންހު (ހަވާއޭ / ޖަބް ހެރީ މެޓް ސީޖަލް) އިންޑިއާ ސިނަމާއަށް ހިދުމަތްކުރުމުގެ އެވޯޑު - އަނޫޕާމް ކޭރްއައިފާ ސްޓައިލް އައިކަން އޮފް ދި އިޔާ - ކްރިތީ ޝެނޮން
ރޭގެ ހަފްލާ ހޮސްޓުކޮށްދިނީ ކަރަން ޖޯހަރް އާއި ރިތޭޝް ދޭޝްމުކް އެވެ. ރޭގެ ހަފްލާގައި ވަނީ ވަރުން ދާވަންނާއި އަރްޖުން ކަޕޫރް، ޝްރައްދާ ކަޕޫރް، ކްރިތީ ޝެނޮން، އިއުލިއާ ވަންޓޫރް އަދި ބޮބީ ޑިއޯލްގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެން ގޮސްފަ އެވެ.
ރޭގެ ހަފްލާގައި އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުމަކަށް ފެނިގެންދިޔައީ މަޝްހޫރު ބަތަލާ ރޭކާގެ ހުށަހެޅުމެވެ. މިއީ ރޭކާ 21 އަހަރުފަހުން ސްޓޭޖެއްގެ މަތީގައި ދިން ލައިވް ޕާފޯމަންސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ