އަންހެނަކު ރަޖަމު ކުރުމަށް ގއ ގެމަނަފުށީ ކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފި އެވެ.
އެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގއ. ގެމަނަފުށީ، އޯޝަންރީޑް، އައިޝަތު ލަތީފާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ގއ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައވާ، ވަކި މީހަކަށް ނުލައްވާގޮތަށް ވިހެއުމުގެ ކުށުގެ ދައުވާގެ މައްސަލައިގާ ގއ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ޝަރީއަތް ހިންގައި ނިންމާފައިވަނީ ޝަރުއީ މި ބާވަތުގެ މައްސަލަތައް ބަލައި، ޝަރީއަތް ކުރުމުގައި އަމަލު ކުރަން ކަނޑައެޅިފައިޥާ ޝަރުއީ އަދި ގާނޫނީ އިޖުރާއާތުތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށެވެ.
އަދި އެހެން ކަމުން ގެމަނަފުށީ ކޯޓުގެ ގަޒިއްޔާ ބާތިލުކޮށް، އެންމެހައި ލިޔުންތަކާއިއެކު އެ މައްސަލައިގެ ފައިލު 29 އޮކްޓޯބަރު 2015 ގެ 12:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުއްވުމަށް ގެމަނަފުށީ ކޯޓަށް އަންގާ އަމުރު ކުރާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެ އެވެ.
ރަޖަމް ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ