ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރު ދީފި އެވެ.
އުމަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިރޭ ގާތްގަނޑަކަށް މެންދަމް 1:00 ހާއިރު އޭނާ އަށް އިންޒާރު ދިނީ ވަޅި ހިފައިގެން ދިޔަ ގޭންގުތަކަށް ނިސްބަތްވާ ތިން މީހުންގެ ގްރޫޕަކުން ކަމަށެވެ. އަދި އެމީހުން އޭނާގެ ސެކިއުރިޓީންނަށް ވެސް އިންޒާރުދިން ކަމަށް އުމަރު ވިދާޅުވި އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ގޭންގް ތަކަަށް ނިސްބަތްވާ މި ތިން މީހުން ވަނީ ރޭގެ އެކި ވަގުތު ތަކުގައި އުމަރު ނަސީރުގެ އޮފީސް ހުންނަ ހ. ސަކީނާމަންޒިލް ބޭރުގައި ފާރަލާފަ އެވެ. އަދި އުމަރުގެ ސެކިރިޓީންނާ އުމަރު ނަސީރު ކޮބާތޯ ސުވާލު ކުރި ކަމަށެވެ. އަދި އޭގެ ފަހުން އުމަރު އޮފީހުން ނިކުމެ ވަޑައިގަތް ވަގުތު ވަޅި ހިފައިގެން ތިބި ތިން މީހުން އުމަރާ ދިމާލަށް ތީ ތިމަންނަމެންގެ ފައިގާ ޓެގް އަޅުވަން އުޅުނު މީހެކޭ ކިޔާފައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. އަދި އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާތީ ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިތަންމެ ބިރެއް ދެއްކި ކަމުގައި ވިޔަސް އޭނާ ގަބޫލުކުރައްވާ ހަމަތަކާއި އުސޫލުތައް ދޫނުކޮށް ސާބިތު ކަންމަތީ ހުންނާނެ ކަމަށް މީގެ ކުރިން އުމަރު ވަނީ ވިދާޅުވެފަ އެވެ.
އުމަރަށް ބިރު ދައްކާފައިވާ އިރު، 2018 ގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނޭ ކަމަށް އުމަރު ވަނީ އިއުލާންކުރައްވާފަ އެވެ.
އުމަރު ނަސީރަށް ބަޔަކު އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ