ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް 3000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އާޒިމަށް ޖޫރިމަނާގެ ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ދައުވާ ސާބިތުވުމުންނެވެ.
މިއަދު އާޒިމްގެ މައްޗަށް ހުކުމް އިއްވާފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށާއި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވަނިކޮށް، ފުލުހުން ތަކުރާރުކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން ވެސް އާޒިމު އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.
މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 2 ފުލުހެއް ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.
އަދި އާޒިމްގެ ފަރާތުން ވެސް ވަނީ ދިފާއުގައި 3 ހެކިން ހުށަހަޅާފައެވެ.
އެހެން ނަމަވެސް އާޒިމް ހުށަހެޅި ބައެއް ހެކިންގެ މައުލޫމާތު ފުރިހަމަ ނުވާތީ ހެކިބަސް ނެގިފައިވަނީ އެންމެ މީހެއްގެއެވެ.
މި މައްސަލައިގައި އަލީ އާޒިމް ކުށްވެރިވާކަމަށް ނިންމާ ދަށުކޯޓުން އިއްވި ހުކުމުގައި ވަނީ އާޒިމްގެ ކުށުގެ ރެކޯޑެއް ނެތުމާއެކު ގާނޫނުލް އުގޫބާތުގެ ދަށުން އާޒިމަށް ދޭންޖެހޭ އަދަބު ލުއިކޮށް 300 ރުފިޔާއިން ޖޫރިމަނާ ކުރާކަމަށެވެ.
އަދި އެފައިސާ 1 މަސްދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދައްކާ ހަލާސް ކުރުމަށް ވެސް ވަނީ އަންގަވާފައި. ހުކުމަށް ފަހު އާޒިމް ވިދާޅުވީ އެހުކުމަކީ އޭނާއަށް ބިރުދެއްކުމަށް އިއްވި ހުކުމެއް ކަމަށާއި، އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.
އަލީ އާޒިމް 3000ރ. އިން ޖޫރިމަނާ ކުރަން ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ