ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ނ. ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ދެވަނަ ފަހަރަށް މުއްދަތަށް ގެންދިއުމުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ވެލިދޫ ފަޅު ގޯއްޗެއްގެ ތެރޭގައި އެއްޗެހިތަކެއް ވަޅުލަން އިންދައި ކަމަށެވެ.
މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ އެއްޗެހިތަކެއް ވަޅުލަން އިންދިމާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 210 ސެލޯފިންކޮޅު ފެނިފައިވެ ކަމަށާއި މީގެއިތުރުން މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިވަގުތު ހުރި ފަޅުގެއާ ޖެހިގެން ހުރި ގެއަކަށް ވަދެފައިހުރި ފިޔަވަޅުތަކެއް ފެނުމާއި ގުޅިގެން އެގެ ބަލައިފާސްކުރިއިރު އެގޭ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުން ދޫކުރިތާ ދެ ދުވަސް ތެރޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކު ވެލިދޫން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ