އިމްރާން ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ޝެއިހް އިމްރާން އަބްދުﷲ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހީ އެ ބޭފުޅާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ކޯޓުގައި ބުނުމާއި ގުޅިގެންނެވެ.
ޝެއިހް އިމްރާން އަބްދުﷲ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއިދު ކޮށްފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ދޫކޮށްލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައި އެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށްވެސް ހައި ކޯޓުން ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ