އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ދީނީ ދީނީހަމަތަކާ ޤާނޫނު އަސާސީއާއި ފުށުއަރާތީ އަބުރުރައްކާތެރި ކުރުމަށް އެޤާނޫގެދަށުން ދަޢުވާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެފައިވާއިރު ދާދި އެކު އެކީގަހެން އެމަނިކުފާނު ވަނީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ދެކޮޅަށް މިރޭ ބަޔާނެއްވެސް ނެރުއްވާފައެވެ.
ރައީސް މައުމޫންގެ އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދަގެ ދަށުން ލިބިދީފައިވާ ޚިޔާލުފާޅުރުމުގެ މިނިވަންކަން ހަނިކުރެވިގެން ހިނގައްޖެއެވެ. ހަމައެބިލުން ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިވެގެން ހިނގައްޖެކަމުގައެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ޕީޕީއެމްގެ ވިޕްލައިނާއި ޚިލާފަށް މަޖިލީހުގައި ވޯޓް ދެއްވި މެންބަރުންނަށް ތާއިދު ކުރައްވާކަން ވެސް ހާމަކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ އެބޭފުޅުން އެމަސައްކަތް ކޮށްދެއްވީ ޕީޕީއެމްގެ މައިގަނޑު މަޤުޞަދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުން މަތީން ގައުމާއި ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ
މީގެ ކުރިން ބައެއް ބޭފުޅުންނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާ އެމައްސަލަތައް ކާމިޔާބު ވެސް ކުރައްވާފައިވާ ރައީސްމައުމޫން މިހާރު މިއޮތް އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވީ އެޤާނޫނުގެ ދަށުން ދައުވާ ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވިތާ މާގިނައިރުތަކެއް ނުވަނީހެވެ.
.
މިހާރު މިއޮތް ޤާނޫނުގެ ދަށުން އަބުރުގެދައުވާ ނުކުރާނަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ