އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ވިލާ ކޮލެޖްގައި ގާއިމުކުރަނީ

އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ވިލާ ކޮލެޖްގައި ގާއިމުކުރުމަށް އަވި ޓެކްނޮލޮޖީއާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވިލާކޮލެޖްގެ ކިޔުއައި ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު އެވެ. އަވި ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގެ ޑިރެކްޓަރު އިސްމާއިލް އާތިފް އެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހްމަދު އަންވަރު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖްގައި 183 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ