މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ސުއޫދުގެ މައްސަލަ އެ ކޯޓުން ބަލަން ނިންމީ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ދެެއްކި ވާހަކަަތަކާއި ގުޅިގެންކަމަށެވެ.
ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކުގެ މައްސަލަ ބަލަނީ ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުންކަމަށް އެކޯޓުން ވަނީ ބުނެފައެވެ.
ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ސުއޫދުވަނީ ސަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓާއި، އެކޯޓުގެ ފަސް ފަނޑިޔާރުންނަށް އިތުބާރުނުކުރައްވާކަމަށް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުތަކުން ދުރުކުރަންޖެހޭކަމަށެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، މީގެ ކުރިންވެސް ސުއޫދުގެ މައްސަލަތައް ވަނީ ބަލާފައެވެ. އަދި އެތައް ދުވަހެއްވަންދެން ކޯޓްތަކުގައި ވަކާލާތުނުކުރެވޭ ގޮތަށް ސުއޫދު ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.
ސުއޫދުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ