އެއްބައިވަންތަ ސަރުކާރެއް އެކުލަވާލަން ހުރިހާ ލީޑަރުންގެ އެހީ ބޭނުންވޭ: ގާސިމް

ޤައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް ހުރިހާ ލީޑަރުންގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު ކަމަށް، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ، އިދިކޮޅު ބައެއް ލީޑަރުންނާއި ޖަރުމަނުގައި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ، ބޭސް ފަރުވާއަށް ވަޑައިގެން ޖަރުމަނުގައި ހުންނެވި ޖޭޕީގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖަރުމަނަށް ވަޑައިގެން ބައްދަލު ކުރައްވާފަ އެވެ.
މި ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށްފަހު ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. ޖަމީލްއާއި އަލީ ވަހީދު ބައްދަލު ކުރެއްވުމުން އެބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނުވައި، ރައްޔިތުން އެދޭފަދަ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ