ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބައެއްގެ މޫސުން ރަނގަޅުވި ނަމަވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނުން ފެށިގެން މާދަމާ 10:00 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ރަނގަޅުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ،
އެހެންނަމަވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި ރާއްޖޭގެ ސަރަހައްދުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އިން ބުނެފައިވެއެވެ.
މޫސުން ރަނގަޅު، ކަނޑުތައް ގަދަވާނެ - މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ