ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ރަމަޞާން މަހަށް ހާއްޞަ ކޮށްގެން ކުރިއަށް ސުވާލު މުޞާރާތެއް ކުރިއަށް ގެންދަން ފަށާއިފިއެވެ.
އެގޮތުން "ޕްރެޒިޑެންޝަލް އިލެކްޝަން އެވެއަރނެސް ކުއިޒް 2018"ގެ ނަމުގައި މީސް މީޑިއާގައި ކުރިއަށް ގެންދާ މި ކުއިޒު ކުރިއަށް ގެންދަނީ އެ ކޮމިޝަނުގެ ރަސްމީ ޓްވިޓަރ އަދިފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.
މި ކުއިޒުގައި އިންތިޚާބާއި، އިންތިޚާބުގެ ތަފާތު މަރުހަލާތަކުގައި އަމަލު ކުރާ އުޞޫލުތަކާއި، އެކި ފަރާތްތަކަށް ލިބިގެންވާ ހައްޤުތައް ފަދަ އިންތިޚާބާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސުވާލުތައކެއްހިމެނޭއިރު ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ސުވާލެއް ގެނެސްދެމުންދާނެއެވެ.
މި ކުއިޒުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، ކޮންމެ ދުވަހަކު ގެނެސްދޭ ސުވާލަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބު ދިނުމުގެ ފުރުޞަތު ހުޅުވާލަފައިވާއިރު، އެސްއެމްއެސް ކުރައްވާނީ، MVE ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި، ރަނގަޅު ޖަވާބު ހިމެނޭ އަކުރު (A,B,C) ޖެއްސެވުމަށްފަހު 300 އަށް އެސްއެމްއެސް ފޮނުވައްވައިގެންނެވެ.
ކޮންމެ ދުވަހަކު ގެނެސްދޭ ސުވާލަށް ރަނގަޅު ޖަވާބު ދެއްވައި އެސްއެމްއެސް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކު މެކްސްކޮމްގެފަރާތުން ހުށަހަޅާފައިވާ 16 ޖީބީގެ ޕެންޑްރައިވްއެއް ލިބިވަޑައިގަންނަވާނެއެވެ. މި ކުއިޒުގެ ދުވަހުގެ ނަސީބުވެރިޔާ އިއުލާނު ކުރަމުން ގެންދާނީ ޖެހިގެން އަންނަ ދުވަހު ޕީއެސްއެމްގެ "މިވަގުތު" ޕްރޮގްރާމްގައެވެ.
އަދި މި މުބާރާތުގައި އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މަޝްހޫރު ޓެކް ވިޔަފާރި މެކްސްކޮމްގެ ފަރާތުން ހުށަހަޅާފައިވާ ބޮޑު އިނާމު ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
"ޕްރެޒިޑެންޝަލް އިލެކްޝަން އެވެއަރނެސް ކުއިޒް 2018"ގެ ނަމުގައި އީސީ އިން ކުއިޒެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ