މީދޫ ދާއިރާގެ އިންތިޚާބު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ އިންތިޚާބު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ.
އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޖިހާދެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު އެމްޑީއޭގެ ލިޑަރު އަހްމަދު ސިޔާމް މުހައްމަދެވެ.
މަޖިލީސް އިންތިޚާބުގެ އެކި އެކި ދާއިރާތައް ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅުން މިވަނީ އިތުރުވެފަ އެވެ.
އިންތިޚާބު ބާތިލު ކުރުމަށް ހުށަހަޅާފައިވާ ދާއިރާތަކަކީ ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ފުނަދޫ ދާއިރާ އާއި ނައިފަރު ދާއިރާ އާއި ނޮޅިވަރަމު ދާއިރާ އާއި ވިލިނގިލީ ދާއިރާގެ އިތުރުން ފެލިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާގެ މައްސަލަ އެވެ.
ކުރެންދޫ ދާއިރާގެ މައްސަލަ ވެސް ހައިކޯޓަށް ވަނީ ހުށަހަޅާފަ އެވެ. ޖުމްހޫރީ ޕާޓީން އެ މައްސަލަ ހުށަހަޅާފައި ވަނީ އަލުން ވޯޓު ފޮށިތައް ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ