ސަރުކާރުން ތަރައްގީގެ ސިޔާސަތުގެ ތެރެއިން ސިނާއީ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް އަންނާނެ ކަމަށާއި އެހެން ނަމަވެސް އެކަންތައްތައް ހަގީގަތަކަށް ހެދޭނީ އަޅުގަނޑުމެންގައި މަސައްކަތުގެ އަހުލާގު އަށަގަނެގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާއި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތައް ރާއްޖޭގެ މުސްތަގުބަލަށް ދެނީ ފެހި ސިގުނަލެއް ކަމަށެވެ.
"...ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސިނާއީ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް އަންނަމުންދާނެ. މިފަދަ މާސިންގާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު އެތައް ދޮރުތަކެއް ހުޅުވި ތަނަވަސްވެގެންދާނެ. ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ރާއްޖޭގެ މުސްތަގުބަލަށް ދެނީ ފެހި ސިގުނަލެއް. ނަމަވެސް މިކަން ހަގީގަތަކަށް ހެދޭނީ މަސައްކަތުގެ އަހުލާގު ، މަސައްކަތް ކުރުމުގެ ރޫހާ ޖޯޝު އަޅުގަނޑުމެންގެ ކިބައިގައި އަށަގަނެގެން،" އުމަރު ވިދާޅުވިއެވެ.
ދުނިޔޭގައި ކުރި އަރާފައިވާ ގައުމުތައް ކުރި އަރާފައި ވަނީ މަސައްކަތްތެރިކަމުގެ ސަބަބުން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތަށް ޓަކައި އަވަހަށް ނިދުމާއި އަވަހަށް ހޭލުމުގެ އާދަ ނެތް ބަޔަކު ކުރި އަރައި ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ބުރަ ނުއުފުލައި ތަރައްގީ ނުލިބޭނެ ކަމަށެވެ.
ވާހަކަފުޅު ނިންމަވައިލައްވަމުން އުމަރު ގޮވައި ލެއްވީ ހަޔާތް އާރާސްތު ކުރުމަށް މުލައްދަނޑިއާއި ސިކުނޑީގެ ބާރު ހޭދަކުރުމަށެވެ.
"...އަޅުގަނޑުމެންގެ ސިކުނޑީގެ ބާރާއި މުލައްދަނޑީގައިވާ ބާރު މިހަޔާތް އާރާސްތުކުރުމަށް ޓަކައި ހޭދަކުރަމާ ހިންގަވާ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ މަޝްރޫއުތައް ހަގީގަތަކަށް ހެދޭނީ މަސައްކަތުގެ އަހުލާގު އަށަގަނެގެން: މިނިސްޓަރު އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ