މޫސުން ގޯސްވެ، ދެ ފްލައިޓެއް ޑައިވާޓް ކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ބ. ދަރަވަންދޫއަށް ޖައްސަންދިޔަ ދެ ފްލައިޓެއް ޑައިވާޓްކޮށް، އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސައިފިއެވެ.
ދަރަވަންދޫ އެއާޕޯޓްގެ އޮފިޝަލަކު ''ވަން''އަށް ވިދާޅުވީ، މިރޭ 7:00 އަށް ދަރަވަންދޫ އެއާޕޯޓަށް ޖައްސަންދިޔަ މަންތާ އެއާގެ ފްލައިޓަކާއި 8:00 އަށް ޖައްސަންދިޔަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓަށް ނުޖެއްސި އަނބުރާ ވީއައިއޭއަށް ޑައިވާޓް ކޮށްފައިވާ ކަމަށެވެ.
މޫސުން ގޯސްވެ، ދަރަވަންދޫއަށް ޖައްސަންދިޔަ ދެ ފްލައިޓެއް ޑައިވާޓް ކޮށްފައިވާއިރު، މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަރަހައްދު ތަކަށް ނެރެފައިވާ މޫސުމީ ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވަހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ