މާލޭގެ، ގަލޮޅު ބައެއް މަގުތަކުން މިޔަދު ކަރަންޓު ކެނޑޭނެ

އެ ކުންފުނިން ބުނީ މިޔަދު ކަރަންޓު ކެނޑެނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް ކުރާތީ ކަމަށެވެ.
މިޔަދު ގަލޮޅުގެ ބައެއް މަގުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިޔަދު ކަރަންޓު ކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް ކުރާތީ ކަމަށެވެ.އެ މަސައްކަތް ހިނގާއިރު މިޔަދު މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް ގަލޮޅިގެ ބަނަފްސާ މަގާއި، ބޮޑުރަސްގެފާނު މަގާއި، ސަހަރާ މަގާއި، ނިޔަނދުރު ގޯޅި އަދި އަލިކިލޭގެފާނު މަގު ހިމެނޭ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަރަންޓު ކުންފުނިން ވަނީ ބުނެފަ އެވެ.ކަރަންޓު މެދުކެނޑިގެން ދިޔުމުގެ ސަބަބުން އާމުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.   
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ