ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ތިން ބޭފުޅަކު ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ މަހުގެ 15 ގައި ބާއްވާ ބައި އިލެކްޝަނުގައި، ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ އަށެވެ. މުއްދަތު ހަމަވީއިރު، ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ އެމްޑީޕީ، ޕީޕީއެމް، އަދި އެމްއެންޕީ އެވެ. ފޯމުތައް ހުށަހެޅި ބޭފުޅުންގެ ކެނޑިޑޭޓު ނަންބަރު ތަރުތީބު ކުރުމަށް ގުރު ނެގުން މާދަމާ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެމްބަރުކަން، ގިނަ އަހަރުތަކެއް ކުރެއްވި އިބްރާހިމް ރިޒާ ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވަނީ، ދާއިރާގެ މެމްބަރަކަށް ހުންނެވި ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ. އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވަނީ، ޕާޓީގެ ދާއިރާގެ ރައީސެއްގެ މަގާމު އަދާކުރަމުން އައި އިބްރާހިމް ޝާޒެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރައްވަނީ، އަލީ އާރިފެވެ.
މިއީ މަޖިލީހުގެ 19 ވަނަ ދައުރަށް ބައި އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސެއިން ވަހީދު އަވަހާރަވުމުން އެ ދައިރާގެ ބައި އިލެކްޝަނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ