ކުޅުދުއްފުށީ ސިޓީއަށް 1200 ކޭވީގެ ޖެންސެޓެއް؛ ކަރަންޓުގެ ކެޕޭސިޓީ އިތުރަށް ފުޅާކުރަނީ!

ކުޅުދުއްފުށީ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ސިޓީއަށް ބޭނުންވާ 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެރަށަށް ގެންގޮސްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 2024 އާއި 2026 ވަނަ އަހަރާ ދެމެދު ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ސިޓީއަށް ގެނެވުނު 5 ވަނަ ޖެންސެޓެވެ.
މި އައު ޖެންސެޓް އިންސްޓޯލްކޮށް، ސެންޓްރަލް ގްރިޑާ ގުޅާލުމުގެ އަމަލީ މަސައްކަތްތައް ފެނަކައިގެ އެންޖިނިއަރުން ދަނީ ކުރަމުންނެވެ. މި
އަދި މަސައްކަތް މުޅިން ނިމުމުން، ކުޅުދުއްފުށި ސިޓީގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ޕީކް ގަޑިތަކުގައި ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ އާބާދީ ބޮޑު އަދި އިގްތިސާދީ ގޮތުން މުހިންމު ސިޓީއަށް ވުމާއެކު، އެ ސިޓީގެ ކަރަންޓުގެ ޑިމާންޑް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ