މި އަހަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5900 ފަތުރުވެރިން އަންނަކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 1,191,785 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ. އަދި އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5900 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ އެ މުއްދަތުގައި 1،138001 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 1،250،357 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 200،047 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި ޖުމްލަ ފަތުރުވެރިންގެ 17.1 އިންސައްތައެވެ.
ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެގައުމުން މިހާތަނަށް ޖުމުލަ 170،007 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިކަމަށް ލިސްޓުގައި އޮތް އިނގިރޭސި ވިލާތުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 93،715 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1،307 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 179 ރިސޯޓާއި 939 ގެސްޓްހައުސްގެ އިތުރުން 173 ސަފާރީ އާއި 16 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 68،254 އެނދު އޮޕަރޭޓްކުރެއެވެ.
ދުވާލަކު އެވްރެޖްކޮށް 5900 ފަތުރުވެރިން ރާއްޖެ އާދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ