ފެންނަނީ ސަރުކާރުން އެއްވެސް ވައުދެއް ނުފުއްދާ އޮފުދާރު ކުރާތަން: ޔާމީން

މިއަދު ފެންނަނީ ސަރުކާރުން އެއްވެސް ވައުދެއް ނުފުއްދާ އޮފުދާރު ކުރާތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޔާމީން ވިދާޅުވީ ކަންތައް ރަނގަޅުކޮށް ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ.
ތަފްސީލް - ރައްޔިތުންނާ ގުޅޭ މަސައްކަތްތަކެއް ކުރާ ނަމަ ރައްޔިތުން ތިބޭނީ އުފާ ފާގަތިކަން މަތީކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އޭރުން ރައްޔިތުން އުޅޭނީ ވެސް ތަނަވަސްކަމުގައި ކަމަށެވެ. ނަމަވެސް އެ މަންޒަރު ރާއްޖެއިން މިއަދު ނުފެންނަކަން ފާހަގަކުރެއްވި އެވެ.
"އާސަންދައިގެ ޝަކުވާއެއް ނުކުރާނެ. ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ޑޮލަރުކޮޅު ގަންނަން ނުލިބޭ ވާހަކައެއް ނުދައްކާނެ. ޑޮލަރު އަގުބޮޑު ވާހަކައެއް، ތަކެތި އަގުބޮޑުވާ ވާހަކައެއް ނުދައްކާނެ. ޖަލުތަކަށް ހުކުމް މިހާރު ކޮށްފައި މިލާ ގޮތުގެ ވާހަކައެއް ނުދައްކާނެ. ޖުޑިޝަރީއަށް އަތްބާނާ ވާހަކައެއް ނުދައްކާނެ،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންނަށް އިސްކަންދީގެން މަސައްކަތްކުރާ ނަމަ ސަރުކާރުގެ ހިންގުމަށް 'އޭ' ރިޕޯޓެއް ލިބޭނެ ކަމަށާއި ނަމަވެސް، ޔާމީން ވިދާޅުވީ، މިއަދު އެ މަންޒަރު ނުފެންނަ ކަމަށެވެ.
"މިއަދު ޕާފޯމަންސްއަށް މި ފެންނަނީ ނުކުރެވި ކަންތައްތައް ހުއްޓާ ކަންތައްތައް ކުރެވޭނެ ކަމަށް ވާހަކަ ދައްކާފައި އޮފުދާރު ކުރާތަން. ހަގީގަތުގައި ވެސް ޕޮލިޝް މި ކުރަނީ. އެކަމަކު ހަމަ ސްކްރެޗްކޮށްލާފައި ބައި ސެންޓިމީޓަރާ ހަމައަށް ދާއިރު އެ ފެންނަނީ ހަމަ ނަޖިސް. ހަމަ ގަދަޔަށް އޮފުދާރު ކުރާތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ސިފަކުރެއްވީ އެއީ ދަޅަ ދެއްކުން ކަމަށެވެ.
"ހިދުމަތް ނުދެވޭކަމަށް ވަންޏާ ދެން ޖެހޭނީ ހިދުމަތް ދޭ ކަމަށް ވާހަކަ ދައްކައިގެން އޮފުދާރު ކުރުުވަން. އެކަންކަން ކުރުވަންވެގެން އެތައް ބައިވަރު، އެތައް ހާސް ސިޔާސީ މަގާމުތަކެއް އުފައްދަނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ:
މިއަދުގެ ސިޔާސީ ބަހުރުވައިން އެއަށް ކިޔަނީ 'ގްލޮސީ ގަވަނަންސް'
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު އެއަށް ފައިސާ ހޯދާނެ ގޮތެއް ނެތް. އެއީ ވެސް ރައްޔިތުންނަށް ދަޅަ ދައްކަން ކުރި ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ