ސަރުކާރު ކުންފުނިތަކަށް ބަޖެޓަށް ވުރެ އިތުރަށް 2 ބިލިއަނެއްހާ ރުފިޔާ

ސަރުކާރު ކުންފުނިތަކަށް އެތަންތަނުގެ ހަރަދުތައް ފޫބެއްދުމަށް ކެޕިޓަލްގެ ގޮތުގައި 2 ބިލިއަން ރުފިޔާ ބަޖެޓުން ދީފި އެވެ. 
ފާހަގަކޮށްލެވޭ - މިއީ މި އަހަރަށް ބަޖެޓްކުރި އަދަދަށް ވުރެ، 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއަހަރަށް ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޭން ބަޖެޓްކޮށްފައި ވަނީ 378.3 މިލިއަން ރުފިޔާ އެވެ. މިއީ: 
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 286.8 މިލިއަން ރުފިޔާ އިތުރު އަދަދެއް 
ތަފްސީލް - 'ދައުރު'އަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ކެޕިޓަލްގެ ގޮތުގައި 15 ކުންފުނުންޏަކަށް ފައިސާ ދޫކޮށްފައިވެ އެވެ. އެގޮތުން: 
އެންމެ ބޮޑު އަދަދެއް ދޫކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް؛ އެއީ 370.4 މިލިއަން ރުފިޔާ
އާރުޑީސީއަށް 331.2 މިލިއަން ރުފިޔާ ދޫކޮށްފައިވޭ 
ފެނަކައަށް 262.1 މިލިއަން ރުފިޔާ ދޫކޮށްފައިވޭ 
ވެމްކޯއަށް 118 މިލިއަން ރުފިޔާ ދޫކޮށްފައިވޭ 
އައްޑޫ އެއާޕޯޓްސް ކޮމްޕެނީއަށް 62.3 މިލިއަން ރުފިޔާ 
މީގެ އިތުރަށް ވެސް ސަބްސިޑީގެ ފައިސާގެ ވަރަށް ބޮޑު ބައެއް ވެސް ދޫކޮށްފައި ވަނީ ކުންފުނިތަކަށެވެ. އެގޮތުން: 
ނުވަ ކުންފުންޏަކަށް ސަބްސިޓީ ގްރާންޓުގެ ފައިސާ ދޫކޮށްފައިވޭ 
އެއީ ޖުމްލަ 3.1 ބިލިއަން ރުފިޔާ 
ސަބްސިޑީގެ އެންމެ ބޮޑު ބައެއް ދިނީ އެސްޓީއޯއަށް؛ އެއީ 1.8 ބިލިއަން ރުފިޔާ 
އެސްޓީއޯއަށް ސަބްސިޑީގެ ގޮތުގައި ދީފައި ވަނީ ކާޑާއި ތެލުގެ ބާވަތްތައް އަގުހެޔޮކުރުމަށެވެ. 
ފާހަގަކޮށްލެވޭ - ސަބްސިޑީގެ ފައިސާ އާއި ކެޕިޓަލް ނޫނީ ހަރަދުތައް ހަމަޖެއްސުމަށް ދޫކުރި ފައިސާއާ އެކު ސަރުކާރު ކުންފުނިތަކަށް ސީދާ ބަޖެޓުން ވަނީ، އޮކްޓޯބަރާ ހަމައަށް 4.3 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. 
މިއަހަރު ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލައި ކުންފުނިތަކަށް ކުރާ ހަރަދު ކުޑަކުރަން ބަޖެޓުގައި ހިމެނި އެވެ. އެހެން ނަމަވެސް ބައެއް ކުންފުނިތައް އެއްކޮށްލުން ފިޔަވާ އެކަން ހާސިލްވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ