ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގެ ޗެނަލް ޕާކުގައި ކެފޭތަކެއް ތަރައްގީކުރަން ފޭސް އެކަކުން ދޫކޮށްފައި ހުރި ބިންތައް އަތުލައި، އެއްބަސްވުންތައް ބާތިލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ދިން މައުލޫމާތުން އެނގޭ ގޮތުގައި މި ބިންތައް އަތުލީ، އެ ތަންތަން ކުއްޔަށް ނެގި ޑިވެލޮޕަރުންގެ ގިނަ ކަންބޮޑުވުންތަކެއް އޮއްވައި، އެކަން ހައްލުނުކޮށެވެ.
މި ކަންބޮޑުވުންތައް އެޗްޑީސީގެ ކުރީގެ މެނޭޖުމަންޓާއި މި ސަރުކާރުގައި އެޗްޑީސީއާ ހަވާލުވި ތިން މެނޭޖިން ޑިރެކްޓަރުންނާ ހިއްސާކޮށްފައިވާ ކަން ވެސް ލިބުނު މައުލޫމާތުން ވަނީ ކަށަވަރުވެފަ އެވެ. އަދި، މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ވެސް މި ކަންކަން ހިއްސާކޮށް، ބައްދަލުވުމަކަށް އެދިފައިވާ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބުނެވެ.
މިހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް އިޖާބަ ދިނުމެއް ނެތި، ޑިވެލޮޕަރުންނާ ބައްދަލު ވެސް ނުކޮށް، އެޗްޑީސީން ވަނީ ހުސްވި މަހުގެ ތެރޭގައި ހަ ބިމެއްގެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
މި ބިންތަކުގެ ބޮޑު މިން އުޅެނީ 1700 އަކަފޫޓާއި 3200 އަކަފޫޓާ ދޭތެރޭގަ އެވެ. މި ބިންތައް ކުއްޔަށް ނެގި މީހުން ވަނީ ބިންތައް ކުއްޔަށް ނަގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 1.5 މިލިއަނާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކައިފަ އެވެ.
އެޗްޑީސީން ބާތިލުކުރި އެއްބަސްވުންތަކުގައި ހުރި ބިންތައް ކުއްޔަށް ދޫކޮށްފައި ހުރި ވިޔަފާރިތަކަކީ:
އެޗްޑީސީގެ މެނޭޖުމަންޓުން ނިންމާފައި ވަނީ މިއިން އެއްވެސް ފައިސާއެއް ވެސް ނުދޭން ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެ. ނަމަވެސް އެ ސަބަބެއް އެޗްޑީސީން ނުބުނާ ކަމަށް އޭނާ ބުންޏެވެ.
ޗެނަލް ޕާކުގެ އެއް ފަޅީީގައި ހުރި ބިންތައް އަތުލީއިރު، ވިޔަފާރިވެރިން އެޗްޑީސީގައި ޝަކުވާކޮށްފައި ވަނީ، ފޭސް އެކެއް ފަޅީގެ ބިން ތިރިކޮށް އޮތުމާއި، ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ދާތީ މަސައްކަތް ފަށަން އުނދަގޫ ކަމަށް ބުނެ އެވެ.
އޭގެ އިތުރުން އެއްބަސްވުމުގައި އޮތް ގޮތުން ބިމުގެ ސައިޒު ކިތަންމެ ބޮޑުވިޔަސް، އޭގެ ތެރެއިން 1000 އަކަފޫޓު ތަރައްގީކުރެވޭ ސަރަހައްދުގެ (ބިލްޓް އަޕް އޭރިއާ) ގޮތަށް އޮތުމުން އެކަން ބަދަލުކޮށްދޭން އެދިފަ އެވެ.
ވިޔަފާރިތަކުން މިހެން އެދުނު މައިގަނޑު ސަބަބަކީ ޗެނަލް ޕާކުގެ ފޭސް ދޭއް ފަޅީގައި ހުރި ވިޔަފާރިތަކަށް ތަރައްގީކުރެވޭ ސަރަހައްދު ބޮޑުވާތީ އެވެ. މިއީ ތަފާތުކުރުމެއް ކަމަށް ބުނެ ޑިވެލޮޕަރުން ވަނީ ދޭސް ދޭއްގައި ތަރައްގީކުރެވޭ ވަރަށް ފޭސް އެކެއްގައި ވެސް ތަރައްގީކުރެވޭނެ ގޮތް ހަދައިދޭން އެދިފަ އެވެ.
ދެއްކި ފައިސާ ވެސް ނުދޭ ގޮތަށް ހުޅުމާލޭ ޗެނަލް ޕާކުގައި ކެފޭ ހަދަން ދިން ބިންތަކެއް އަތުލައިފި ދެއްކި ފައިސާ ވެސް ނުދޭ ގޮތަށް ހުޅުމާލޭ ޗެނަލް ޕާކުގައި ކެފޭ ހަދަން ދިން ބިންތަކެއް އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ