މާލީ ވަޒީރު މޫސާ ޒަމީރުގެ ސާޖަރީ ކާމިޔާބުކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މާލީ ވަޒީރުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އެ ވުޒާރާއިން މިއަދު ބުނެފައިވަނީ، ވަޒީރު ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ އިމަޖެންސީ ނޫން ސާޖަރީއެއް ކުރެއްވުމަށް ކަމަށެވެ.
އަދި ސާޖަރީގެ ހުރިހާ ކަމެއްވެސް މިއަދު ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެގޮތުން ސާޖަރީ ކާމިޔާބުކަމަށް އެ ވުޒާރާއިން ބުންޏެވެ.
ސާޖަރީން ރިކަވަރ ވުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ވަޒީރު އޮފީހަށް ނިކުންނަވާނޭކަމަށްވެސް މާލީ ވުޒާރާއިން ބުންޏެވެ.
ވަޒީރުގެ ސާޖަރީއަކީ ކުރިން ތާވަލްކުރެވިގެން ކުރެއްވި ސާޖަރީއެއްކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިނިސްޓަރު ޒަމީރު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ޖުލައި 2016 ގައި އެންޖީއޯޕްލާސްޓީއެއް ވެސް ހަދައިފަ އެވެ.
މާލީ ވަޒީރު، މޫސާ ޒަމީރުގެ ސާޖަރީ ކާމިޔާބު: ވުޒާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ