ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކީ ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ 'ބީއެމްއެލް ވައު ކިޑްޒް ރަން'ގެ މި އަހަރުގެ ދުވުން ކާމިޔާބުކަމާ އެކު އިއްޔެ ނިންމާލައިފި އެވެ. ބީއެމްއެލުން ބުނީ މި އަހަރުގެ ދުވުމުގައި ވެސް ހަތަރު އުމުރުފުރައަކުން ހާހަކަށްވުރެ ގިނަ ކުދިން ބައިވެރިވި ކަމަށެވެ. މި އަހަރުގެ ދުވުމުގައި ދެ އަހަރާއި ތިން އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު އެއް ކިލޯމީޓަރު ދުވިއިރު، ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވީ ދެ ކިލޯމީޓަރެވެ.މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ދުވިއިރު، ދިހަ އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ދުވީ ހަތަރު ކިލޯމީޓަރެވެ.ދުވުމުގައި ބައިވެރިވި ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. އެގޮތުން، މެޑަލް ހަވާލް ކޮށްދެއްވީ އެ ބޭންކުގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި ހަރަކާތުގެ މަގްސަދަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ