ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިއަހަރުވެސް "ޕިންކް ރިބަން ރަން ވޯކް" ބާއްވަނީ

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބާއްވާ "ޕިންކް ރިބަން ރަން-ވޯކް 2025" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ކެންސަރަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދަނީ ކޮންމެ އަހަރަކު އޮކްޓޯބަރ މަހު ރާއްޖޭގެ އެކި ރަށްރަށުގައި މި ރަން-ވޯކް ބާއްވަމުންނެވެ.
ކެންސަރ ސޮސައިޓީން ވަނީ މިއަންނަ އޮކްޓޯބަރ މަހު 18 ވަނަ ދުވަހު ހަވީރު ބާއްވާ މި ރަން-ވޯކް ގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ދުވަހުގެ ހާއްސަ ޓީޝާޓު ގަތުމަށް https://form.jotform.com/252491039483461 މެދުވެރިކޮށް ޓީޝާޓް ގަންނަން ހުޅުވާލާފައެވެ.
ބީއެމްއެލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީގެ "ޕިންކް ރިބަން ރަން-ވޯކް" ބޭއްވުމަށާއި އަދި ކެންސަރ ސްކްރީނިންގ ފަދަ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.
މިގޮތުން މިދިޔަ އަހަރުވެސް މި ރަން-ވޯކް ރާއްޖޭގެ 11 ރަށެއްގައި ބާއްވާފައިވާއިރު، ރަޖިސްޓްރީ ކޮށްގެން ޖުމްލަ 2400 އަށްވުރެއް ގިނަ މީހުން ވަނީ މި ހިނގާލުމުގައި ބައިވެރިވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު މި ހިނގާލުމުގައި ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރ ޖެހިފައިވާ ބަލިމީހުންނަށާއި އެ ފަރާތްތަކުގެ އާއިލާއަށް ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 200،00 ރުފިޔާ ބީއެމްއެލް އިން ވަނީ ކެންސަރ ސޮސައިޓީއަށް ހަދިޔާކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ