ފެނަކަ ބިލުތަކުގައި ޑިސްކައުންޓް ހިމަނައި، އަލުން ބިލުތައް ފޮނުވަނީ

ފެނަކަ ކޯޕަރޭޝަނުގެ ކަރަންޓު ބިލުތަކުގައި ރޯދަ ޑިސްކައުންޓް ހިމަނައި، އަލުން ބިލުތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިިއެވެ.
ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލު ދެ ބިލަކަށް ބެހިގެން ދިޔައިރު، މިމަހު ލިބުނު ބިލަށް ޑިސްކައުންޓް ނުލިބޭތީ އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ. އަދި ގިނަ ގޭތަކުން އެހެންޔާ ނާރާވަރުވެ ބޮޑެތި އަދަދުތަކުން ބިލު ލިބިފައިވާކަމުގެ ޝަކުވާވެސް ދަނީ ކުރަމުންނެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އާންމު މަސްމަހުގެ ބިލުތަކަށް ވުރެ ބޮޑުނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އަލުން ބިލަތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން މިއަދު ފަށާފައިވާ ކަމަށެވެ.
އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލު ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށް އެކުންފުނިން ބުންޏެވެ.
ފެނަކައިން ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދޭން ފަށާފައިވާއިރު، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯ އިން ވެސް މިދިޔަ މަހުގެ ބިލުތަކުން ޑިސްކައުންޓް ދޭނެ ކަން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ނިމިދިޔަ ރޯދަމަހު އާންމުން ބޭނުންކުރި ކަރަންޓާއި ފެނަށް ފޮނުވި ބިލުތަކުގައި ޑިސްކައުންޓު ހިމެނުމަށް ފަހު އަލުން އާންމުނަށް އެ ބިލުތައް ފޮނުމުގެ މަސައްކަތް ސްޓެލްކޯއިން ވެސް ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ