މާދަމާ ވެސް މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ލަފާ ކޮށްފިއެވެ.
މެޓު އޮފީހުން މިއަދު ބުނީ، މިއަދާއި މާދަމާ ވެސް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާ އެކު ވާރޭވެހޭނެ ކަމަށް ބެލެވޭ ކަމުގައެވެ.
އަދި، ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރާއިރު، ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި،
ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލުގެ ބާރު މިނަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވެސް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ.
މާދަމާ ވެސް މޫސުން ގޯސް: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ