މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިންކަމަށެވެ.
ޒަކަރިއްޔާގެ އިތުރުން، އެ ކޮމިޝަނުގެ މެމްބަރު ހަސަން ވިދާޅުވީ، އެފަދައިން ނިންމީ ދެކަމަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެއީ، މިހާރު މޫސުން އޮތް ގޮތަށް ބަލާއިރު ވޯޓުލާ ދުވަހު ބޯކޮށް ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި އެ ދުވަހު ވަރަށް ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެ ކަމަށް ބަލައިފައި ކަމަށް ހަސަން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރައެވެ.
މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ