މަޖިލީހުން އިންތިޒާމުކޮށްގެން އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނެތް: އަސްލަމް އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވެފައިވާ ގޮތް ރައީސް ހާމަކުރައްވައިފި މާދަމާ އިއްވާ ރިޔާސީ ބަޔާނަކީ އެންމެ ވިޝަ

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފިއެވެ.
ތިން ވަޒީރުންނަށް ރުހުން ހޯދަން އަލުން މަޖިލީހަށް ފޮނުވާފައިވާކަން އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އަސްލަމް ވިދާޅުވީ މިނިސްޓަރުންނަށް ރުހުން ހޯދަން އަލުން ފޮނުވާފައިވީނަމަވެސް, އެ މައްސަލަ އެޖެންޑާކުރާނީ ފަހުގެ ޖަލްސާއަކަށްކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލިހުން ރުހުން ނުދެން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމަށެވެ.
މަޖިލިހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފަ އެވެ. ނަމަވެސް ހަމަ އެ ދުވަހު ރައީސް ވަނީ އަލުން އެ ތިން ވަޒީރުން އެ މަގާމު ތަކަށް އައްޔަން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހެޅުމަށް ނިންމާފައިވާ ސައުވީސް ބިލުގެ ލިސްޓު ވެސް މިއަދު މަޖިލީހަށް ސަރުކާރުން ވަނީ ފޮނުވައިފައެވެ.
މިކަން މަޖިލީހަށް އަންގާފައިވަނީ ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި. މަޖިލީސް ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަން ވަނީ އެ ސިޓީ މަޖިލީހަށް އިއްވައި އާންމުކުރައްވާފައެވެ.
މި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ:
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ