ހަށިވިއްކުމުގެ ތުހުމަތުގައި ރަސްދޫން ތިން މީހަކު ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ތުހުމަތުގައި އއ. ރަސްދޫ އިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރަސްދޫ ޝާހިލްގޭގައި "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"ގެ ނަމުގައި ހިންގި ސްޕާއެއްގައި ބިދޭސީން ބޭނުންކޮށްގެން ހަށިވިއްކާކަމުގެ ރިޕޯޓު ރޭ 11:30 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ބްލޫ ވެލި ސެލޫން އެންޑް ސްޕާ ބަލާ ފާސްކޮށް، ތިން ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 42 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ.
މި ސްޕާއަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ތަނެއް ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ